ގަލޮޅު ދެކުނަށް އުހުދު، ކުރިމަގު ފަހި ހިތްވަރު ހުރި ޒުވާނެއް!
މިއަދު ގެ ސިޔާސީ މާހައުލުގައި ވަރުގަދަ ސިޔާސީ ޕާޓީތަކުން ފޯރިގަދަކޮށް އިންތިހާބު ތަކުގައި މަސައްކަތްކޮށް ޕާޓީ ނުފޫޒު އިންތިހާ އަށް އޮތް އިރު މިނިވަން ކެޑިޑޭޓެއްގެ ގޮތުގައި ގ. ފެހިމާގެ އުހުދު ޝަރީފް ގަލޮޅު ދެނުނަށް ނިކުތުން މީ އާދައިގެ ވާހަކައެއް ނޫނެވެ. ދާއިރާގައި ކުރެވެމުންދާ ކެމްޕެއިން ހަރަކާތްތަކަށް ބަލާލިޔަސް އުހުދު ޝަރީފްގެ ކެންޕެއިންދަނީ ބާރައް އަލިގަދަކޮށް ފިޔަޖަހަމުންނެވެ. އުހުދު ސިޔާސީ މައިދާނަށް އާ ބޭފުޅަކަށް ވެދާނެ އެވެ. އެހެނަސް އިޖުތިމާއީ ހަރަކާތްރަކުގައި އާއި ކުޅިވަރުގެ މައިދާނުގައި ފަސްނުޖެހި މަސައްކަތް ކުރާ ލީޑަރެއްކަން އުހުދު ވަނީ ސާބިތުކޮށްދީފައި އެވެ. މިވަގުތުވެސް ކްލަބް ޓީނޭޖް ހިންގެވުމާ ހަވާލުވެ ހުންނެވި އުހުދު ޝަރީފަކީ، މީހުންނާއި ގުޅިގެން މަސައްކަތް ކުރަން ދަންނަ ތައުލީމީ ޤާބިލު ޒުވާނެކެވެ. އަޚްލާޤުގައި ކިލަބު ކަމެއްނެތް ސާދާ މިޒާޖެއްގެ ވެރި މި ޒުވާނާއަކީ މަތީ ތައުލީމު ހާސިލުކުރުމަށްފަހު ވަޒީފާގެ މައިދާނުގައި ވެސް ރަނގަޅު ތަޖުރިބާ ތަކެއް ކޮށްފައިވާ ހިންގުންތެރި ބޭފުޅެކެވެ.
މި ފަހަކަށް އައިސް ސިޔާސީ މައިދާނުން ޖާގަ ހޯދާ ތަން ފެންނަނީ ކޮންމެވެސް ސިޔާސީ ނުފޫޒުގަދަ މީހެއްގެ ހިޔަނީގައި ނުވަތަ ނުފޫޒުގަދަ ޕާޓީއެއްގެ ތެރެއިން ނިކުމެގެންނެވެ. އެހެނަސް އުހުދު ތަފާތެވެ. އަމިއްލަ ހިތްވަރާއި އަޒުމާއެކު ބޮޑެތި ޕާޓީތަކާއި ވާދަކޮށް ވަރުގަދަ ކެޕެއިން އެއް ކުރިޔަށް ގެންދިއުން މީ ވަރަށް މަދުން ފެންނަ މަންޒަރެކެވެ. ވަރަށް ވެސް ހިތްވަރުގަދަ ނިންމުމެކެވެ. ސިޔާސީ މައިދާނަށް ނިކުތީ ކީއްވެތޯ ސުވާލު ކޮށްލުމުން ޖަވާބުގައި އުހުދު ބުނީ " އަބަދުވެސް ބޭނުންވަނީ ރައްޔިތުންނަށް ޚިދުމަތްކޮށްދޭ ޚާދިމެއްގެ ގޮތުގައި ހުންނަން ކަމުގައި އެވެ. އަދި މިހާތަނަށް އިޖުތިމާއި ތަފާތު މަސައްކަތްތަކުގެ ތެރެއިން ރައްޔިތުނަށްޚިދުމަތް ކޮށްދިނުމަށް ފަހު މިއަދު ބޭނުންވަނީ ސިޔާސީ ހަރުފަތުން ކުރިޔަށް ގޮސް ރައްޔިތުނަނާއި އެކީ މަސައްކަތް ކުރާނެ މިސާލު ދަރިޔަކަށް ވާންކަމަށެވެ."

އުހުދު ކެމްޕެއިންގައި ދޮރުންދޮރަށް ހިނގަނީ ---
މިއަދު ޤައުމަށް ބޭނުންވަނީ މިފަދަ ވިސްނުންތަކާއި އެކު މަޤާމުތަކަށް އިންތިޚާބުވާ މީހުން ނޫންތޯއެވެ. ސިޔާސީ ގޮތުން މިއަދު ޤައުމު ގޮވަމުން ދަނީ މިފަދަ ދަރީންނަށް ނޫންތޯއެވެ. އިޚްލާސްތެރި ތެދުވެރި މަސައްކަތްތަކެއް ރައްޔިތުންނަށް ކޮށްދޭނެ ބަޔަކަށް ނޫންތޯއެވެ. ބޭނުންވަނީ ވަކި ކުލަޔަކަށް ވޯޓު ލުމެއް ނޫނެވެ. ބޭނުންވަނީ ވަކި މީހަކު ބުނީތީ ނުފޫޒުން ވޯޓުލުމެއްވެސް ނޫނެވެ. ބޭނުންވަނީ އިޚްލާސްތެރިކަމާއި އެކު މަސައްކަތް ކުރާނެ ކެންޑިޑޭޓް ދާއިރާ ގެ ކައުންސިލު ގޮނޑީގައި ބޭންދުމެވެ. މިއީ ރައްޔުތުން ފަސް އެބުރި ބަލަންވީ ވަގުތެއް ނޫނެވެ. ކުރިޔަށް އުންމީދީ، ޒުވާން، ޤާބިލު، ޒިންމާއުފުލޭނެ ކެންޑިޑޭޓްގެ އަތުގައި ހިފައިގެން ކާމިޔާބާ ހަމަޔަށް މިސްރާބު ޖަހަންވީ ވަގުތެވެ.
އުހުދު ޝަރީފްގެ ކެމްޕެއިން ވައުދުތަކަށް ބަލާލީމާ ފެންނަނީ ރައްޔިތުންނާއި ގާތުން އަދި ރައްޔިތުންނާއި އެކުގައި މަސައްކަތް ކުރުމުގެ ވިސްނުމެވެ. ދާއިރާ ގެ ކަންކަން ބަލައި ހެޔޮ ބަދަލު ގެނެސްދޭނެ ވިސްނުމެވެ. އަދި ޒުވާނުންނަށް ކުރިއެރުމާއި ތަރައްޤީއަށް މަގުކޮށާދޭނެ ވިސްނުމެވެ. ދާއިރާގެ އެކަކުވެސް ބާކީ ނުކޮށް އެންމެންގެ އަޑު ކައުންސިލުގައި ކެރިގެން އިއްވަދޭނެ މަންޒަރެވެ. 4 އޭޕްރިލް 2026 ނަގާ ވޯޓަކީ ކެންޑިޑޭޓް ނަމްބަރ 7 އުހުދު ޝަރީފަށް ދޭ ވޯޓެއް ކަމުގައި ހައްދަވާށެވެ. ޔަޤީނުންވެސް ދާއިރާގެ ރައްޔިތުން ފަޚުރުވެރިވާނެ މެމްބަރެއްގެގޮތުގައި އުހުދު ޝަރީފް ދެމިހުންނާނެއެވެ.
ކޮމެންޓްސް (0)
އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!