ރިޕޯޓު
(3 ޚަބަރު)
ގަލޮޅު ދެކުނަށް އުހުދު، ކުރިމަގު ފަހި ހިތްވަރު ހުރި ޒުވާނެއް!
މިއަދު ގެ ސިޔާސީ މާހައުލުގައި ވަރުގަދަ ސިޔާސީ ޕާޓީތަކުން ފޯރިގަދަކޮށް އިންތިހާބު ތަކުގައި މަސައްކަތްކޮށް ޕާޓީ ނުފޫޒު އިންތިހާ އަށް އޮތް އިރު މިނިވަން ކެޑިޑޭޓެއްގެ ގޮތުގައި ގ. ފެހިމާގެ އުހުދު ޝަރީފް ގަލޮޅު ދެނުނަށް ނިކުތުން މީ އާދައިގެ ވާހަކައެއް ނޫނެވެ. ދާއިރާގައި ކުރެވެމުންދާ ކެމްޕެއިން ހަރަކާތްތަކަށް ބަލާލިޔަސް އުހުދު ޝަރީފްގެ ކެންޕެއިންދަނީ ބާރައް އަލިގަދަކޮށް ފިޔަޖަހަމުންނެވެ. އުހުދު ސިޔާސީ މައިދާނަށް އާ ބޭފުޅަކަށް ވެދާނެ އެވެ. އެހެނަސް އިޖުތިމާއީ ހަރަކާތްރަކުގައި އާއި ކުޅިވަރުގެ މައިދާނުގައި ފަސްނުޖެހި މަސައްކަތް ކުރާ ލީޑަރެއްކަން އުހުދު ވަނީ ސާބިތުކޮށްދީފައި އެވެ. މިވަގުތުވެސް ކްލަބް ޓީނޭޖް ހިންގެވުމާ ހަވާލުވެ ހުންނެވި އުހުދު ޝަރީފަކީ، މީހުންނާއި ގުޅިގެން މަސައްކަތް ކުރަން ދަންނަ ތައުލީމީ ޤާބިލު ޒުވާނެކެވެ. އަޚްލާޤުގައި ކިލަބު ކަމެއްނެތް ސާދާ މިޒާޖެއްގެ ވެރި މި ޒުވާނާއަކީ މަތީ ތައުލީމު ހާސިލުކުރުމަށްފަހު ވަޒީފާގެ މައިދާނުގައި ވެސް ރަނގަޅު ތަޖުރިބާ ތަކެއް ކޮށްފައިވާ ހިންގުންތެރި ބޭފުޅެކެވެ.
ތ. ކަނޑޫދޫ: ދަނޑުވެރިކަމާއި އާސާރީ ތަރިކައިން މުއްސަނދިވެފައިވާ ރަށެއް
ތ. ކަނޑޫދޫއަކީ ކޮޅުމަޑުލުގެ ހުޅަނގު ދެކުނު ބިތުގައި، ވެރިރަށް މާލެއާ ގާތްގަނޑަކަށް 215 ކިލޯމީޓަރު ދުރުގައި އޮންނަ ރަށެކެވެ. މިއީ ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާޢަތުގައި، ޚާއްޞަކޮށް މިރުސް ހެއްދުމުގައި މުޅި ރާއްޖެއަށް މަޝްހޫރުކަން ހޯދާފައިވާ ރަށެކެވެ. ޤުދުރަތީ ގޮތުން ރީތި ފެހިކަމެއް ލިބިފައިވާ މި ރަށަކީ، އަމާން އަދި ހިތްފަސޭހަ މާޙައުލެއް އޮންނަ، އެކުވެރި މުޖުތަމަޢެއް ދިރިއުޅެމުންދާ ރަށެކެވެ. ރަށުގެ ދެކުނު ފަރާތުގައިވާ 22 ކިލޯމީޓަރުގެ ދިގު ފަރުގެ ސަބަބުން، ކަނޑުގެ ރާޅުތަކުން ރަށަށް ޤުދުރަތީ ރައްކާތެރިކަން ލިބިފައިވެއެވެ. މިއީ ތާރީޚީ ގޮތުންނާއި އިޤުތިޞާދީ ގޮތުންވެސް އަތޮޅުގައި ފާހަގަކޮށްލެވޭ މުހިންމު ރަށެކެވެ.