ހުޅުމާލެ 3 އިން ގޯތި ލިބިފައިވާ މީހުންނަށް މިއަދު ބިން ހަވާލުކުރަން ފަށަނީ
ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ 3 އިން ގޯތި ލިބިފައިވާ މީހުންނަށް ބިން ހަވާލުކުރުމުގެ މަސައްކަތް މިއަދު ފަށަން ނިންމައިފި އެވެ.
އެޗްޑީސީން ބުނީ ގޯތި ލިބިފައިވާ މީހުންނަށް ބިން ހަވާލުކުރުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި މިއަދު ބިން ތައް ހަވާލު ކުރަން ފަށާނެ ކަމަށެވެ.
އެ ކުންފުނިން ބުނި ގޮތުގައި، އެ ސަރަހައްދު ސާވޭ ކުރުމާއި އިންފާރު ވަކިކުރުމުގެ މަސައްކަތްތައް ކޮންސްޓްރަކްޝަން މިނިސްޓްރީއާ ގުޅިގެން މިހާރު އަންނަނީ ކުރަމުންނެވެ.
ހުޅުމާލެ ފޭސް ތިނަކުން ގޯތި ލިބިފައިވާ މީހުންނަށް ބިން ހަވާލުކުރުމަށް އެޗްޑީސީގެ މުވައްޒަފުން ތައްޔާރުވަނީ--- ފޮޓޯ: އެޗްޑީސީ
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭ 2 އަކާއި 3 އަކުން ގޯތި ދޫކޮށްފައިވެ އެވެ.
އޭގެ ތެރެއިން ހުޅުމާލޭގެ 3 ވަނަ ފިޔަވަހިން ވަނީ 698 ގޯތި ދޫކޮށްފަ އެވެ.
ގޯތީގެ އަދަދުތައް:
3250 އަކަފޫޓުގެ 41 ގޯތި
3650 އަކަފޫޓުގެ 16 ގޯތި
4000 އަކަފޫޓުގެ 24 ގޯތި
1650 އަކަފޫޓުގެ 181 ގޯތި
2050 އަކަފޫޓުގެ 242 ގޯތި
2450 އަކަފޫޓުގެ 132 ގޯތި
2850 އަކަފޫޓުގެ 62 ގޯތި
މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ކުރިއަށް ގެންދިޔަ ހުޅުމާލޭ ތިންވަނަ ފިޔަވަހި ހިއްކަން ފެށީ ސެޕްޓެމްބަރު 2023ގަ އެވެ.
ހުޅުމާލެ ފޭސް ތިނަކުން ގޯތި ލިބިފައިވާ މީހުންނަށް ބިން ހަވާލުކުރުމަށް އެޗްޑީސީގެ މުވައްޒަފުން ތައްޔާރުވަނީ--- ފޮޓޯ: އެޗްޑީސީ
އެ މަސައްކަތް ނިންމާލީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އެ މަޝްރޫއަށް މަޑުޖެހުމެއް އައީ ހުޅުމާލޭގެ މާސްޓާ ޕްލޭން ރިވައިޒް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުން ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.
ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ ހަވާލު ކޮށްގެން ކުރިއަށް ގެންދިޔަ އެ މަޝްރޫއުގެ ދަށުން ޖުމްލަ 63 ހެކްޓަރުގެ ބިން ވަނީ ހިއްކައިފަ އެވެ.
ކޮމެންޓްސް (0)
އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!