ލޯމާ ނިއުސް އާ ވެބްސައިޓަކާ އެކު އަލުން ލޯންޗް ކޮށްފި
މައުލޫމާތާއި ހަބަރު ފެތުރުމުގައި ހަރަކާތްތެރިވާ "ލޯމާ ނިއުސް" އާ ވެބްސައިޓަކާ އެކު މިއަދު އަލުން ލޯންޗްކޮށްފިއެވެ. މި ބަދަލާއެކު އެ ނޫހުން މަސައްކަތް ކުރަމުންދަނީ ކުރިއަށްވުރެ ފުރިހަމަ އަދި ތަފާތު ކޮންޓެންޓްތަކެއް ކިޔުންތެރިންނަށް ގެނެސްދިނުމަށެވެ.
އާ ވެބްސައިޓް
ލޯމާ ނިއުސްގެ އާ ވެބްސައިޓް ފަރުމާކޮށްފައިވަނީ ކިޔުންތެރިންނަށް ފަސޭހައިން މައުލޫމާތު ހޯދޭނެ ގޮތަށެވެ. މި އާ ފެށުމާއެކު، ރާއްޖެއާއި ބޭރު ދުނިޔޭގެ އެންމެ ފަހުގެ ހަބަރުތަކުގެ އިތުރުން، އެކި ދާއިރާތަކުން މުހިންމު މައުލޫމާތުތައް އެއް ފުރާޅެއްގެ ދަށުން ލިބިގެންދާނެ ކަމަށް އެ ނޫހުން ބުނެއެވެ.
އަމާޒު
މި ނޫހުގެ މައިގަނޑު އެއް އަމާޒަކީ ހުރިހާ ދާއިރާއަކާ ގުޅޭ މައުލޫމާތާއި، އެންމެ ފަހުގެ ހަބަރުތައް އަވަސްކަމާއެކު ގެނެސްދިނުމެވެ. މީގެ އިތުރުން، ތައުލީމީ ދާއިރާއަށް ހާއްސަ އިސްކަމެއް ދީގެން، އުނގެނުމަށް އެހީތެރިވެދޭނެ ފަދަ މުހިންމު ލިއުންތައް ވެސް މިހާރު ލޯމާ ނިއުސް އިން ފެންނާނެއެވެ.
ލޯމާ ނިއުސް އިން ބުނި ގޮތުގައި، މި އާ ބަދަލަކީ ކިޔުންތެރިންނަށް ފެންވަރު ރަނގަޅު ނޫސްވެރިކަމެއް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ. ކުރިއަށް އޮތް ތަނުގައި ވެސް ކިޔުންތެރިން ބޭނުންވާނެ ފަދަ ތަފާތު މައުލޫމާތުތަކާއި ފިލާވަޅުތައް ގެނެސްދިނުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން އެ ނޫހުން ވަނީ ދީފައެވެ.
ކޮމެންޓްސް (1)
ރަނގަޅު