ހަބަރު

ފިޔޯރީގައި މަސް ހިފަން އުޅުނު މީހަކު ގެނބިގެން މަރުވެއްޖެ

ހުސައިން ހަސަން
154 ކިޔާފައި
0
ގދ. ފިޔޯރީ ---
ގދ. ފިޔޯރީ ---

ގދ. ފިޔޯރީގައި ދާ ޖާހައިގެން މަސް ހިފަން ގޮސް އުޅުނު މީހަކު ގެނބިގެން ނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ އެރަށުގައި ދާޖަހައިގެން މަސް ހިފަންގޮސް އުޅުނު މީހަކު ގެނބިގެން އުޅޭކަމުގެ މައުލޫމާތު މިއަދުގެ މެންދުރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ނިޔާވެފައި ވަނީ އެ ރަށު ގަހާކޯޅި، މުހައްމަދު ހުސައިން، 79، އެވެ.

އެ މީހާ އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓްސް (0)

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!